ޚަބަރު
ފުއާދުގެ ދައުރު ހަމަވާތީ އީސީއަށް ހަސީބު އައްޔަން ކުރަނީ
އަބްދުލް ހަސީބް އިސްމާއިލް
އިލެކްޝަންސް ކޮމިޝަނަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު އަންނަ ނޮވެމްބަރު 24 މަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެއްވި ކަމަށެވެ.

އެ މުއްދަތުގައި މަގާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އީސީއަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވަނީ ހަސީބު ކަމަށް ރައީސް ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކޮށްފައި ވަނީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު