
ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމުކުރާ އަދަދު ކަމަށްވާ 3،000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، އެމްއާރްއެމް އުވާލަން ނިންމާފައިވަނީ މިިދިޔަ އޮގަސްޓުމަހުގެ ތެރޭގަ އެވެ.އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްއާރްއެމް އުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ޕާޓީގެ އެއްވެސް ދަރަންޏެއް އޮތްނަމަ، އެ ޕާޓީގެ އޮފީހަށް އަންނަ މަހުގެ 10 ގެ ކުރިން އަންގަން އެދޭ ކަމަށެވެ.އެމްއާރްއެމް ގައި އިސްކޮށް ހުންނެވީ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. އެ ޕާޓީގެ މިހާރުގެ ރައީސަކީ ވެސް ފާރިސް އެވެ.