ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްގަފޫރު އިބްރާހީމް އަވަހާރަވެއްޖެ
އަބްދުއްގަފޫރު: އޭނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ ރައީސް. ވަނީ ތައުޒިޔާ ދަންނަވާފައި
ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، އަބްދުލްގަފޫރު އިބްރާހީމް މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުލްގަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިގެންނެވެ.

ގަފޫރު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގަފޫރު ކުރެއްވީ 2005-2009 އާ ހަމައަށެވެ.

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު