ޚަބަރު
އިންޑިއާގެ ސަފީރަކަށް އަޒީމާ ހަމަޖައްސަން މަޖިލީހަށް
އަޒީމާ
ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައިޝަތު އަޒީމާގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.

އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަޒީމާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.

އަޒީމާއަކީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަމްރީން ޕްރޮގްރާމްޔައް ފުރިހަމަކުރައްވާފައިވާ އަޒީމާ ގެންދަވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކި ފަންތީގެ މަޤާމުތައް އަދާކުރައްވަމުންނެވެ.

އަޒީމާ އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު މަޖިލީހުގެ ރިޔާާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު