ޚަބަރު
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ
މޫދުގައި ދެ ފަތުރުވެރިން ފީނަނީ
ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ. މަރުވީ އުމުރުން 27 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އއ. ގަނގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އިއްޔެ 11:22 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މީގެ ކުރިން ކ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް މޫދަށް ގޮސް އުޅުނު ރަޝިއާ ފަތުރުވެރިޔަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ. އެ މައްސަލައިގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފިރިހެނެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު