ޚަބަރު
އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ފަށައިފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ސެޝަނެއް ނަންގަވައިދެއްވަނީ
އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ލީޑާޝިޕް ބައިވެރިވާ ކޮންފެރެންސެއް މިއަދު ހދ. ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ.

މިކޮންފަރެންސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަން ރާވާފައިވާއިރު، އެންމެ ފުރަތަމަ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ބޮޑުތިލަދުންމަތީގައެވެ. އެގޮތުން މިއަދު ހެނދުނު ކުޅުދުއްފުށީގައި ކޮންފަރެންސް ވަނީ ފަށައިފައެވެ.

ބޮޑުތިލަދުންމައްޗަށް އެމްޑީޕީގެ ލީޑަޝިޕުން މިހާރު ކުރާ ދަތުރަކީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.

މި ކޮންފަރެންސަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަނޑުވާލާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި ބޮޑުތިލަދުންމަތީގެ އެމްޑީޕީ ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

 "އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނެސްފައި ހުރި ރަނގަޅު ބަދަލުތަކާއި އެ ކަން ބަދަލުވާނެ ގޮތަށް ޕީއެންސީގެ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާކުރާނެ،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

ރަށްރަށުގެ ބިނާވެށި ޕްލޭންކުރުމުގެ ބާރުތަކެއް މިނިސްޓްރީއަށް ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވި އާބަން ޑިވެލޮޕްމަންޓް ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ބައެއް ކައުންސިލަރުންނާއި އެމްޑީޕީން ވެސް މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު