ޚަބަރު
ދަަރަނި އަދާކުރަން އެމްޑީޕީއާ މޯލްޑިވިއަން އެއްބަސްވުމަކަށް
މޯލްޑިވިއަން އެއާލައިނަށް އިދިކޮޅު އެމްޑީޕީން ދައްކަން ޖެހޭ 5.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ދެ ފަރާތުން އެއްބަސްވެ، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެމްޑީޕީން ދައްކައިފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން މި މައްސަލައިގައި ދެ ފަރާތުން މަޝްވަރާކުރުމަށްފަހު އެ ފައިސާ ދެއްކުމާ ބެހޭގޮތުން އެއްބަސްވުމެއް ވަނީ ހަދާފަ އެވެ.

އެއްބަސްވުމުގައި ބުނާގޮތުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ފުރަތަމަ އިންސްޓޯލްމަންޓްގެ ދަށުން އެއް މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. 

އެ ފައިސާ އެމްޑީޕީން ދައްކާފައިވާއިރު މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވަނީ ސެޓްލްމެންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ ނުވަތަ އެއާ ހިލާފުވެއްޖެ ނަމަ، އަލުން މި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މޯލްޑިވިއަނަށް ލިބޭ ގޮތަށެވެ.

އެމްޑީޕީން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ 5.6 މިލިއަން ރުފިޔާ އޮތެވެ. އެ ފައިސާ ހޯދުމަށް މޯލްޑިވިއަނުން އެ ޕާޓީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިދިޔަ އަހަރު މައްސަލައެއް ވެއްދި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު