
އެ އެއާލައިނުން މިއަދު ބުނީ ވަކި ގޮތެއް އަންގަންދެން ފުނަދުއަށް ކުރާ ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.ނަމަވެސް، އެނގިފައިވާ ގޮތުގައި ދަތުރުތައް ކެންސަލް ކުރީ އެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެފައި އޮތުމުންނެވެ.މޯލްޑިވިއަން އިން ފުނަދޫއަށް ދަތުރު ކުރަނީ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަސް އަދި ހޮނިހިރު ދުވަހު އެވެ.މޯލްޑިވިއަން އިން ބުނީ، އެ މައްސަލަ ހައްލު ވީހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށެވެ.ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.