ވިޔަފާރި
މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ ދެ ބޯޓު ހޯދަނީ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށް، އިތުރު އެއާބަސް ދެ ބޯޓު ހޯދަން މިއަދު އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން އިން ވަނީ މި ކަމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެއާބަސް އޭ320 މަރުކާގެ ބޯޓެއް 2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވިއަން އިން ބުނީ އޭ220 މަރުކާގެ ބޯޓު ހޯދަނީ ފްލީޓް ޒަމާނީ ކުރުމުގެ ގޮތުން ކަމަށެވެ.

މޯލްޑިވިއަނަށް ހޯދާ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ފޯރުކޮށްދޭން ޖެހޭއިރު ދެވަނަ ފްލައިޓް 2028 ގެ ފުރަތަމަ ކުއާޓަރުގައި ފޯރުކޮށްދޭން ޖެހެ އެވެ.

ދުރު މަންޒިލްތަކަށް ހާއްސަކޮށް މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް އޭ330-200ގެ ބޯޓެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެނެސްފައިވެ އެވެ. 

މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.

އޭގެފަހުން ޖެނުއަރީ ހައެއް، 2025ގައި މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު ވަނީ ރާއްޖެ ގެނެސްފައެވެ. މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު