
ރައީސް އޮފީހުން މިކަން އިއުލާންކުރީ، ކެބިނެޓުން ނިިންމި މުހިންމު ބައެއް ނިންމުންތައް ކަމަށް ބުނެ އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގަ އެވެ. އެ ހަބަރުގައި މި ބަދަލުތައް ގެންނަން ކެބިނެޓުން ނިންމަން ކަން ބަޔާންކުރި ނަމަވެސް އިތުރު ތަފުސީލުތަކެއް ނެތެވެ. މޯލްޑިވިއަންގެ ޓިކެޓުތައް ޓޫރިސްޓުންނަށް އަގު ހެޔޮ ކުރަން ނިންމިއިރު، ޓޫރިސްޓުންނަށް ބޮޑު އަގު ނަގާތީ ބައެއް ޓޫރިސްޓުން ރާއްޖެ އަންނަން ބޭނުން ނުވާ ކަމީ ޓޫރިޒަމް ވިޔަފާރިތަކުގެ ދުވަސްވީ ޝަކުވާއެކެވެ. މިއީ ޓޫރިޒަމަށް ފައިދާވާ ގޮތެއް ނަމަވެސް، މީގެ ސަބަބުން އައިލެންޑް އޭވިއޭޝަނުގެ އާމްދަނީއަށް އަސަރު ކުރާނެ އެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ މިހާރުގެ އަގުތަކުގައި ވެސް އެތެރޭގެ ގިނަ މަންޒިލުތަކަށް ގެއްލުމުގައި ދަތުރުތައް ކުރަން ޖެހޭ ކަމުގެ ޝަކުވާކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.