އަބްދުﷲ މައުރޫފް
27 ސެޕްޓެމްބަރ 2026 - 09:54
0 comments
ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މި އަހަރުގެ ޑިސެމްބަރު ސްކޫލު ބަންދާ ދިމާކޮށް ހާއްސަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ. 
އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް، ކުރާ ހާއްސަ ދަތުރުތައް ބާއްވާނީ އަންނަ ޑިސެމްބަރު 8 އިން ފެށިގެން ޖެނުއަރީ 19 އާ ހަމައަށް ކޮންމެ އަންގާރަ ދުވަހެއްގަ އެވެ.އެއީ އެއީ ޑިސެމްބަރު 8، 15، 22، 29 އަދި ޖެނުއަރީ 5، 12 އަދި 19 އެވެ.
ބެގޭޖުގެ ގޮތުގައި ކޮންމެ މީހަކަށް 25 ކިލޯގެ އެލަވަންސް ލިބޭ އިރު، ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުންނެވެ.