ވިޔަފާރި
މޯލްޑިވިއަންގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފި
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް ޒަމާނީ ފެންވަަރަށް ތަރައްގީކޮށް ރަސްމީކޮށް ހުޅުވައިފި އެވެ. 

މި ޓާމިނަލް ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނެވެ.

ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލުން މިހާތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް، އަލަށް އުފެއްދި ދެ ސީޕްލޭނެއް ގެނެވޭނެ ކަމަށާއި އެކަމާ ގުޅޭ އެއްބަސްވުމުގައި މިދިޔަ އޮގަސްޓު މަހު ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ހުޅުވި މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ފަދަ ގޮތަކަށެވެ. ޒަމާނީ ފެންވަރަކަށް ތަރައްގީކުރި މި ޓާމިނަލް ހުންނާނީ އޭސީކޮށްފަ އެވެ.

މޯލްޑިވިއަން އިން ސީޕްލޭންގެ ހިދުމަތް 2014 ވަނަ އަހަރުގެ އޭޕްރިލް މަހު ފެށި އިރު، އެކުންފުނީގެ ސީޕްލޭން ޓާމިނަލް ހުޅުވީ 2015 ވަނަ އަހަރު އެވެ. އެކުންފުނީގެ ސީޕްލޭން ފްލީޓުގައި ޓުވިން އޮޓާ 11 މަތިންދާބޯޓު އޮވެ އެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު