ޚަބަރު
ނަސީރު އަނެއްކާ ވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް
އަހްމަދު ނަސީރު
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހުންނެވި އަހްމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކުރައްވައިފި އެވެ.

ރައީސްގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެން މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހު މިނިސްޓަރެއްގެ ފެންވަރުގައި ނަސީރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ރައީސް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ނަސީރު ބަދަލުކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އަލުން މި ހަމަޖެއްސީ ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު މިދިޔަ މަހުގެ 30 ގައި ބަދަލުކުރެއްވުމާ އެކު އެވެ. އެންމެ ފަހުން ނަސީރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

ފިނޭންސް މިނިސްޓްރީގައި މިހާރު މިނިސްޓަރުގެ އިތުރުން ސިޔާސީ މަގާމުތަކުގައި 11 ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެޑްވައިޒަރު ނަސީރުގެ އިތުރުން ތިން ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަސީރު ވަނީ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ގަވަރުނަރުކަންވެސް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު