ޚަބަރު
އުރަމަތީގެ ކެންސަރަށް ވީހާވެސް އަވަހަށް ސްކްރީންކުރަން އެދިވަޑައިގެންފި
އުރަމަތީގެ ކެންސަރު ރާއްޖޭގައި އިތުރުވެފައިވާތީ އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ފަސްޓްލޭޑޫ ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

އުރަމަތީގެ ކެންސަރާ ހޭލުންތެރިކުރުމަށް މިއަދު ފެށި ގައުމީ ސިމްޕޯޒިއަމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މެޑަމް ސާޖިދާ ވިދާޅުވީ އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ހެދުން ވަރަށް މުހިއްމު ކަމަށެވެ.

ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހުން އިތުރުވެފައިވާތީ މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އުރަމަތީގެ ކެންސަރު އޭގެ ކުރީކޮޅުގައި ފަރުވާކޮށްގެން ރަނގަޅުވީ ނަމަވެސް އެކަމުގެ ސަބަބުން އަންހެނުން ތަހައްމަލް ކުރާ އުދަނގޫތައް ގިނަ ކަމަށެވެ.

ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހުން އިތުރުވެފައިވާތީ މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.

އެ ކަމަނާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުން އިތުރުވެފައިވާތީ ހާއްސަކޮށް މިވައްތަރުގެ ކެންސަރަށް އާންމުން ހޭލުންތެރިކު ރުވުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ އިތުރު ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ކެންސަރު ހުރިތޯ ވީހާ ވެސް އަވަސް އަވަހަކަށް ބަލައި ބަލީގެ ކުރީކޮޅު ފަރުވާއަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަސްޓްލޭޑީ ވިދާޅުވީ އައިޖީއެމްއެޗްގައި ތްރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން ހުރުމަކީވެސް ފަސޭހައެއް ކަމަށެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކީމޯތެރަޕީގެ ހިދުމަތްވެސް މިއަދު ރާއްޖެ އިން ލިބެން ހުރިކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އެސްޓީއޯ މެޑިކަލް ސާވިސަސްއާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މައުލޫމާތުދީ މަޝްވަރާކުރުމެވެ.

މީގެ ކުރިންވެސް މިފަދަ ހަތަރު ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު