ޚަބަރު
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ
ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުރަވީ ސްކޫލްގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދަރިވަރު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާއަށް ސީދާވީ ގޮތެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު