ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދުންފަތާ ދުރުކުރުމަށް ގަވައިދުތައް ރަނގަޅަށް ތަންފީޒުކުރަން ޖެހޭ: ނާޒިމް
މަރިޔަމް އަނާ
22 އޮކްޓޫބަރ 2024 - 12:55
0
comments
Tweet
Telegram
ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން މަގްސަދު ހާސިލް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ ވޭޕް މަނާކުރަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށް ވޭޕްއިން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށާއި ސިނގިރެޓުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވީ 2010ގެ ކުރިން ވޭޕަކީ ކޮން އެއްޗެއްކަން މީހުންނަށް ނޭނގޭ ކަމަށާއި މީހުންގެ ތެރޭގައި ވޭޕް ފެތުރިގެން ދިޔައީ އެއަށްފަހު ކަމަށެވެ.
ވޭޕް އެތެރެކޮށްފައިވާ މިންވަރުގެ ތަފާސްހިސާބުތަކެއް ހިއްސާކުރައްވަމުން ނާޒިމު ވިދާޅުވީ 2021 ވަނަ އަހަރު 250،000 ވޭޕިން ޑިވައިސް އެތެރެކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރު 390،000 ވޭޕިން ޑިވައިސް އެތެރެކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިއަހަރުގެ މިހާތަނަށްވެސް 253،000 ވޭޕިން ޑިވައިސް އެތެރެކޮށްފައިވާ ކަމަށެވެ. އަދި ވޭޕް އެހާ ބޮޑަށް ފެތުރިގެން ދިޔައީ އޭގެއިން ދައްކަންޖެހޭ ޓެކްސްއަށް މަކަރު ހަދައި އަގުހެޔޮކޮށް ވޭޕް ވިއްކޭނެ ގޮތްތައް މަގުފަހިވެފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"ގަވައިދުތައް ހަރުދަނާކޮށް އެތައް ކަމެއް ސަރުކާރުން ތަންފީޒު ނުކޮށްފި ނަމަ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލެއް ނުވާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ބައެއް ގައުމުތަކުގައި ސިނގިރޭޓު އަގު ބޮޑުކުރުމާ އެކު ބްލެކްމާކެޓެއް އުފެދިގެން ދިޔަ ކަމަށާއި އަދި އަގު ހެޔޮ ސިނގިރޭޓު ބާޒާރަށް ނުކުންނަ ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ސިނގިރޭޓުގެ ބްރޭންޑްތަކަކީ ދުނިޔޭގައި ވަރަށް ކޮލިޓީ ރަނގަޅު އަދި ފުންނާބު އުސް ކުންފުނިތަކަކުން އުފައްދާ ވައްތަރުތަކެއް ކަމަށާއި ނަމަވެސް އޭގެ އަގު ބޮޑުވުމުން އަގު ހެޔޮ ސިނގިރޭޓުތައް މާރުކޭޓަށް ނުކުތުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ސިނގިރެޓުން ނަގަން ފަށާ ޓެކުހާއެކު ރާއްޖެއަކީ ސިނގިރެޓު ފޮއްޓަކުން ދެވަނައަށް އެންމެ ބޮޑު އަދަދަކަށް ޓެކްސް ނަގާ ގައުމަށް ރާއްޖެ ކަމުގައިވެގެންދއިރު، މީހުން ދުންފަތާ ދުރުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ ޓެކްސް ބޮޑުކުރުމުން ކަޅުބާޒާރުގައި ސިނގިރެޓުތައް އަގުހެޔޮކޮށް ވިއްކުމާއި، އަގުހެޔޮ ކޮލިޓީ ދަށް ސިނގިރެޓުތައް ތައާރަފުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ދުވަސް ކުރިން
0
ނާޒިމްގެ ވިދާޅުވުމެއް ؛ މި ސަރުކާރުން ފައިސާ ޗާޕް ކުރާނީ ޒިންމާދާރުކޮށް
1 މަސް ކުރިން
0
ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެނޭ: ނާޒިމް
4 މަސް ކުރިން
0
އާސަންދަ ދޫކޮށްލައި އާ ކުންފުންޏަކުން އަލުން ފަށަން ޖެހޭ: ނާޒިމް
5 މަސް ކުރިން
0
އޭސީސީ ނުހިނގާތީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ކަންބޮޑުވުން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
19 މިނެޓް ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
6 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
7 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
9 ގަޑިއިރު ކުރިން
0