ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްްސަލަ ބޭރުކޮށްލައިފި
އަލީ ރާޒީ
24 އޮކްޓޫބަރ 2024 - 11:45
0
comments
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފައިލް ފޮޓޯ
Tweet
Telegram
ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ބައެއް އުނިކުރަން ރައީސް ނިންމެވި ނިންމުމާ ގުޅިގެންނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އެ އެފަދަ ބަދަލެއް ގެންނަން ރައީސް ނިންމަވާފައިވީ ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހައިތަނަށް ހާމަ ކޮށްފައި ނެތުމުން ކަމަށެވެ.
"އެ ފަރާތްތަކުގެ މުސާރަތައް ކުޑަކުރަން ހުށަހަޅާފައިވާ މި ދަނޑިވަޅުގައި ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތު ހާމަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ 192 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ބިލު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވި އެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވީ، ދައުލަތުން ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމަށާއި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި ޖަލްސާގެ ތެރެއިން އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ހަތަރު މިނިސްޓްރީ ފިޔަވައި ހުރިހާ ތަނަކުން ވަނީ އާއްމުކޮށްފަ އެވެ.
ރައީސް އޮފީސް ހިމެނޭ ގޮތަށް 16 އިދާރާއަކުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް ތިބީ ޖުމްލަ 1،249 ސިޔާސީ މުވައްޒަފުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް ފެންމަތިވެއްޖެ
3 މަސް ކުރިން
0
ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ބިލަށް އިތުރު ކުރި ދެ އިސްލާހާ އެކު މަޖިލީހުން ފާސްކޮށްފި
3 މަސް ކުރިން
0
އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފި
3 މަސް ކުރިން
0
ޕާޓީތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ އިސްލާހެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް ފެންމަތިވެއްޖެ
7 ގަޑިއިރު ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
7 ގަޑިއިރު ކުރިން
0
މޯލްޑިވިއަނުން އިތުރު ވައިޑް ބޮޑީ ބޯޓެއް ހޯދަން އިއުލާންކޮށްފި
7 ގަޑިއިރު ކުރިން
0
ރިޔާސީ ބަޔާން: 6،000 ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފި
8 ގަޑިއިރު ކުރިން
0