ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން ޕީޖީގައި އެދެފި
އަހުމަދު ނިހާން
27 އޮކްޓޫބަރ 2024 - 13:47
0
comments
Tweet
Telegram
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ރިވިއުކޮށްދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިވަޑައިގެންފައިވާކަން އެނގިއްޖެ އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު އެ އޮފީހުން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ޖުމްލަ 539 މައްސަލައެއް ރިވިއުކުރަން ޕީޖީ އޮފީހަށް ހުށަހަޅާފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހުށަހެޅުންތަކުގެ ތެރޭގައި ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތައް ރިވިއުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖައާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން އެ އޮފީހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ބަލަންޖެހޭ ބެލުންތައް ބަލައި މުރާޖައާކުރުމަށްފަހު، އެ އޮފީހުން ނިންމާ ގޮތެއް މައްސަލަ ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ޔާމީންއަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތް މި މަހު 28 އަށް ޝެޑިއުލްކޮށްފި
1 މަސް ކުރިން
0
ޔާމީންގެ އަތާއި ފައި ކުރިން އޮތީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި: ފަލާހް
2 މަސް ކުރިން
0
ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނަން: ރައީސް ޔާމީނު
3 މަސް ކުރިން
0
ޣައްސާން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން: ޔާމީން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
1 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
2 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
4 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
9 ގަޑިއިރު ކުރިން
0