ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބީއެމްއެލްއިން ރީކޯ މޫސަގެ ތިން ރަށެއް ނީލަމަށް ލަައިފި
ހަސަން ހަލީމް
27 އޮކްޓޫބަރ 2024 - 15:17
0
comments
މޫސާ މަނިކު - ފައިލް ފޮޓޯ މިހާރު
Tweet
Telegram
ލޯނެއް ނުދެއްކުމުން ހެވީލޯޑްގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލް އިން އިއުލާނުކޮށްފި އެވެ.
މި ތިން ރަށަކީ ރީކޯ މޫސަ 2016 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދެއްކުމާ ގުޅިގެން 2020 ވަނަ އަހަރު އެ ބޭންކުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ސިވިލް ކޯޓުން އެ ރަށްތަކުގެ ހެޑް ލީސް ވިއްކައިލުމަށް ހުއްދަ ދީފައިވާ ތިން ރަށެވެ.
ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ ރަށްތައް އިއުލާނުކުރީ ހެވީ ލޯޑް މޯލްޑިވްސްގެ ނަމުގައި ނެގި ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ އެވެ. ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ.
އެ ތިން ރަށް ވިއްކުމަށް ބީއެމްއެލްއިން ހުޅުވާލާފައިވަނީ ދެ ގޮތަކަށެވެ. އެއީ:
ލ.ފަރެ، ލ.ކުޑަފަރެސް. ލ.ބޮޑުހުރާ އެއްކޮށް 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށްވުރެ ބޮޑު އަގެއްގަައި ގަތުން
ހ. ފަރެސް އަދި ކުޑަ ފަރެސް ވަކިން އެންމެ ކުޑަވެގެން 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށް ގަތުން
ށ. ބޮޑުހުރާ ވަކިން 23،262،000 (ތޭވީސް މިލިއަން ދެލައްކަ ފަސްދޮޅަސް ދެހާސް) ޑޮލަރަށް ގަތުން
ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް މި ރިސޯޓުން ލިބޭނެ އެވެ.
އެ ރަށްތައް ގަންނަން ޝައުގުވެރިވާ ފަރާތްތައް އަންނަ މަހުގެ 28 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ އެދިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ހެވީ ލޯޑުގެ ރަށްތައް ބޭންކުން ވިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
5 ދުވަސް ކުރިން
0
ބީއެމްއެލްގެ ކުނި މެނޭޖުމެންޓު މަޝްރޫއަށް ހޮވުނު ޖަމްއިއްޔާތައް އިއުލާނުކޮށްފި
17 ދުވަސް ކުރިން
0
ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ
23 ދުވަސް ކުރިން
0
ކާޑު ލިމިޓު އިތުުރު ކުރަން ބޭނުންވާ ދަރިވަރުންނަށް ބީއެމްއެލްގެ ޕޯޓަލެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޮޓްސްވާނާ މުބާރާތުން ރަން ވަނަތައް ހޯދި އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ
3 ގަޑިއިރު ކުރިން
0
ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން
0
ރައީސް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖެ އެއްކޮށް ސަލާމަތްކުރަން އިސްކަންދޭ ކަމަށް
3 ގަޑިއިރު ކުރިން
0
ގޮނޑި ގެއްލޭ މައްސަލައަށް އެމްޑީޕީ އާއި ޑިމޮކްރެޓުން ވަންނަނީ
3 ގަޑިއިރު ކުރިން
0