ވިޔަފާރި
ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމުކުރަން އެއްބަސްވުމުގައި ސޮއިކުރަނީ --
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތްދޭން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތުގައި، މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭޓީއެމް އަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭޓީއެމް އެވެ. މިވަގުތު ރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެކެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ހިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސީއީއޯ ޝަރީފް ވިދާޅުވީ، މި މަޝްރޫއު ކާމިޔާބުކުރުމަށް މި އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި އޭޓީއެމްތައް ގާއިމުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއަކީ ހުރިހާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭޓީއެމްގެ ހިދުމަތް ފެށިތާ އަންނަ އަހަރަށް 25 އަހަރު ފުރޭއިރު، އަމާޒަކީ އަންނަ އަހަރު ތެރޭ 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމްތައް ހުޅުވުން ކަމަށް ޝަރީފް ވިދާޅުވެފައިވެ އެވެ.

ޝަރީފް ވިދާޅުވީ، މި މަޝްރޫއަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާ އެއްކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން، ބުރަ މަސައްކަތްތަކެއް ކޮށް، އަންނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ތައާރަފުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު