ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ބޮޓްސްވާނާ މުބާރާތުން ރަން ވަނަތައް ހޯދި އެތުލީޓުންނަށް ރައީސްގެ ތަހުނިޔާ
އަލީ ރާޒީ
24 ނޮވެމްބަރ 2024 - 21:10
0
comments
ނަބާ (ކ) އަދި ޒަޔާޏް (ވ) - ފޮޓޯ: މުހައްމަދު ޝާބިން | އެމްއޯސީ
Tweet
Telegram
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ދިވެހި ކުޅުންތެރިން ހޯދި ފަހުރުވެރި ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ރާއްޖޭން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
އެ މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާހާ ބަލިވީ އަޒަރްބައިޖާންގެ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާ އަތުންނެވެ.
އެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓްގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އެ ސެޓް އީރާ އާއި އަގީލްގެ ޕެއާ ކާމިޔާބު ކުރީ 23-21 ންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 21-18 އިންނެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް ސީރީޒްގެ މިކްސްޑް ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާއިން ރިހި މެޑަލް ހޯދައިފި އެވެ.
އެ މުބާރާތުގެ މިކްސްޑް ޑަބަލްސް ފައިނަލުގައި ޒަޔާން އާއި ނަބާހާ ބަލިވީ އަޒަރްބައިޖާންގެ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވްގެ ޕެއާ އަތުންނެވެ.
އެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓްގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ވަރަށް ގާތުން ވާދަކޮށްފަ އެވެ. އެ ސެޓް އީރާ އާއި އަގީލްގެ ޕެއާ ކާމިޔާބު ކުރީ 23-21 ންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ 21-18 އިންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި އަންހެނުންގެ ސިންގަލްސް ފައިނަލުގައި ވާދަކުރަން، ދިވެހިރާއްޖޭގެ ފަރާތުން އެއްމާބަނދު ދެބެއިން ކަމުގައިވާ ނަބީހާއާއި ނަބާހާ ހޮވުމާއެކު، ޗެންޕިއަންކަމާއި ރަނައަޕްކަން ވެސް ރާއްޖެއަށް ކަށަވަރުވެއްޖެ ކަމަށެވެ.
އަދި އެ މުބާރާތުގައި، ދެ ގޯލްޑް މެޑެލް، ދެ ސިލްވާ މެޑެލް އަދި ހަތަރު ބްރޯންޒް މެޑެލް ކަށަވަރުކޮށް، ދިވެހި ކުޅުންތެރީން ދައްކަމުންދާ މޮޅު ކުޅުމަށްޓަކައި ފަޚުރުވެރިކަމާއެކު ސާބަސް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ޝަރަފު ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ދެބެއިންނަށާއި، ދިވެހި މުޅި ޓީމަށް ތަހުނިޔާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ތާރީހީ ކާމިޔާބީއެއް ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
މަހެއް ތެރޭ ތެލަސީމިއާ ސެންޓަރު ނިންމަން ސިފައިންނާ ހަވާލުކޮށްފި
12 ދުވަސް ކުރިން
0
ރައީސް އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވައިފި
19 ދުވަސް ކުރިން
0
އދ. އަރިޔަދޫ އަކީ އެގްރިކަލްޗާ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި ނިންމައިފި
26 ދުވަސް ކުރިން
0
ޝަރުއީ ނިޒާމަށް ރައީސް ނުފޫޒެއް ނުފޯރުވާނެ: ޕީއެންސީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
11 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
18 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
20 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
20 ގަޑިއިރު ކުރިން
0