ޚަބަރު
ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފަށަން ގާނޫނުއަސާސީ އިސްލާހު ކުރަނީ
ރިޔާސީ ދައުރު ފެށޭ ދުވަސް ކުރިން ވެސް އޮތް ގޮތަށް ނޮވެމްބަރު 11 އަށް ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ރިޔާސީ ދުވަސް ފެށޭނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ. އެ އިސްލާހަކީ ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭނެ އިސްލާހެއް ކަން ވެސް އުޝާމް ފާހަގަ ކުރެއްވި އެވެ.

ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ދެވަނަ ޖުމްހޫރިއްޔަތާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ އިތުރުން އާ ރައީސް ހުވާ ކުރައްވައި، ރިޔާސީ ދައުރު ފެށޭ ދުވަހެވެ. އެކަމަކު 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު