ވިޔަފާރި
އުރީދޫ ފަން ރަންގައި ބައިވެރިވާން ހުޅުވާލައިފި
އުރީދޫ މޯލްޑިވްސްއިން ބާއްވާ އެންމެ ފޯރިގަދަ މަޖާ ދުވުން ކަމަށްވާ ފަން ރަން އަންނަ ޑިސެމްބަރު މަހު ބާއްވަން އިއުލާންކޮށް ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ ހަރަކާތެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި ފަން ރަންގައި 5000އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ.

ތަފްސީލް - އުރީދޫން ބުނީ މިއަހަރުގެ ދުވުން އޮންނާނީ ޑިސެމްބަރު 20ގައި ކަމަށެވެ. އުރީދޫން ބުނީ:


ފަން ރަންގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވާނެ ހަރަކާތެއް ކަން އަންގައިދިނުން ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ސްޓޭޝަންތަކުގައި ކުލަ އާއި ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ނުވަތަ ދުވެފައި އަދި ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

އުރީދޫ ފަން ރަންގެ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ހުރެ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 100ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެވޭނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު