ޚަބަރު
ދިގު މުއްދަތަށް ހިދުމަތް ކުރެއްވި 53 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދީފި
ދިގު މުއްދަތަށް ދައުލަތަށް ހިދުމަތް ކުރުމުން ޝަރަފުގެ ބެޖު ރައީސް މުއިއްޒު ބޭފުޅަކަށް އަރުވަނީ
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 53 ބޭފުޅަކަށް ރައީސް މުހައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ރޭ ދެއްވައިފި އެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލްކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވާފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

އަގުވަޒަން ކުރެވުނު ބެފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ރޭ ދަރުބާރުގޭގައި ބޭއްވ ިރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ 

ރައީސް އޮފީހުން ބުނި ގޮތުގައި، މިރޭ ޝަރަފުގެ ބެޖާއި އައްޑަނަ އެރުވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 11 ބޭފުޅުން

  •  35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި 42 ބޭފުޅުން

ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް ކުރީ، އާންމު އުސޫލުން ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. އެއީ ރައީސް ނަންގަވާ ކޮމިޓީއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު