ވިޔަފާރި
ދިރާގު ޕްރޮމޯޝަނުގައި ދޭ ލޯންޗު ބަންނަނީ
ދިރާގު ހަދިޔާކުރާ ސްޕީޑްބޯޓް -- ފޮޓޯ: ދިރާގު
ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، "މަޖެލަން 32" ބޯޓު ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފެށި މި ޕްރޮމޯޝަނުގައި ދެނީ 12 މީހުންގެ ޖާގައިގެ، 32 ފޫޓުގެ ލޯންޗެކެވެ. މި ލޯންޗުގައި ޔަމަހާގެ 175 ހޯސްޕަވަރުގެ ދެ އިންޖީނު އަޅާނެ އެވެ.

ބޯޓު ބަނުމުގެ މަސައްކަތްތައް ކުރާ އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ ބޯޓުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

"މި ހައި ސްޕީޑް ލޯންޗު ވެގެން ދާނީ އަލް ޝާލީ މެރިން އިން އަބަދު ވެސް ދިވެހިންނަށް ގެނެސްދެމުން އަންނަ އުފެއްދުންތެރިކަމުގެ ލާމަސީލު މިސާލަކަށް،" އޭނާ ވިދާޅުވި އެވެ.

އަލްޝާލީ މެރިންއިން ބަންނަ މަޖެލަން 32 ބޯޓަކީ އަރާމު ޑެކަކާއި، ހިތްފަސޭހަ ކެބިންއަކާއި ބަދިގެއެއް ވެސް ހިމެނޭ ގޮތަށް ބަންނަ ލޯންޗެކެވެ. މިއީ ދުއްވާލާއި ޕިކްނިކް ދަތުރު ދިޔުމަށް ނުވަތަ މަސް ދަތުރު ދިއުމަށް ދިއުމަށް ކަމުދާނެ ބޯޓެއް ކަމަށް ދިރާގުން ބުނެ އެވެ.



ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، "މަޖެލަން 32" ބޯޓު ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ދިރާގުން ބުނެފި އެވެ.

އަލް ޝާލީ މެރިން، "މަޖެލަން 32" ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އުފެއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކުރަމުންދާ ލޯންޗެކެވެ.

އެގޮތުން މިހާރު ބޯޓުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބޯޓު ބަނުމުގެ މަސައްކަތް ނިމޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ، އިސްމާއިލް ޝަރީފް ވިދާޅުވީ "މަޖެލަން 32" ބޯޓު ފަދަ ހިތްގައިމު ސްޕީޑްބޯޓެއް ދިރާގު ކަސްޓަމަރުންނަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑެމެންގެ ޓީމުން ފުރިހަމަކަމާ އެކު މަސައްކަތް ކުރަމުން ދަނީ، އެންމެ ފެންވަރު ރަނގަޅު ބޯޓެއް ނަސީބުވެރި ފަރާތަށް ފޯރުކޮށްދިނުމަށް. މި ހައި ސްޕީޑް ލޯންޗު ވެގެން ދާނީ އަލް ޝާލީ މެރިން މޯލްޑިވްސްއިން އަބަދު ވެސް ދިވެހިންނަށް ގެނެސްދެމުން އަންނަ އުފެއްދުންތެރިކަމުގެ ލާމަސީލު މިސާލަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވަން،" އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.

ދިރާގުން ބުނި ގޮތުގައި މި ބޯޓުގައި އަރާމު ޑެކަކާއި، ހިތްފަސޭހަ ކެބިންއަކާއި ބޭނުންކުރެވޭ ބަދިގެއެއް ވެސް އެކުލެވިގެންވާނެ އެވެ.

މިއީ ދުއްވާލަން ނުވަތަ ޕިކްނިކް ދަތުރު ދިޔުމަށާއި އާއިލާއާއެކު މަސް ދަތުރު ދިޔުމަށް ވެސް ވަރަށް ފުރިހަމަ ބޯޓަކަށްވާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ހައި ސްޕީޑް ލޯންޗާއެކު، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

ދިރާގުގެ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ 400ރ. އިން މަތީގެ ޕޯސްޓްޕެއިޑް ޕެކޭޖު ގެންގުޅޭ ކަސްޓަމަރުންނާއި ފައިބާ 40އެމް ޕެކޭޖުން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށާއި 400ރ. އިން މަތިން ރީޗާޖުކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ. 


ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރަންވާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ.

އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް ފަރުމާކޮށް، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެ ކުންފުނިން މަގުފަހިކޮށްދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު