ވިޔަފާރި
ތިންވަނަ ކުއާޓަރުގައި ދިރާގަށް 241 މިލިއަން ރުފިޔާގެ ސާފު ފައިދާ
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 241 މިލިއަން ރުފިޔާގެ ސާފު ފައިދާ ޖެހިއްޖެ އެވެ.

މިއީ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 687 މިލިއަން ރުފިޔާއާ އަޅާބަލާއިރު 0.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ކުންފުނީގެ މާލީ ހިސާބުތަކުގައިވާ ގޮތުން، އެންމެ މަތީ އާމްދަނީއެއް ހޯދާފައިވަނީ މޯބައިލް ހިދުމަތްތަކުންނެވެ. މި ދާއިރާއިން 363 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު، ފިކްސްޑް ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން 307 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެހެނިހެން ހިދުމަތްތަކުން ލިބުނު އާމްދަނީ އަކީ 21 މިލިއަން ރުފިޔާ އެވެ.

މި ކުއާޓަރުގައި ދިރާގުގެ ޓެކުހަށް ކެނޑުމުގެ ކުރީގެ ފައިދާގެ ގޮތުގައި 282 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 277 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 241 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 240 މިލިއަން ރުފިޔާއަށް ވުރެ ކުޑަ ކުރިއެރުމެކެވެ.

ދިރާގުގެ އަހަރީ ހިސާބުތަކުން މިހާތަނަށް ދައްކާ ގޮތުގައި، ކުންފުނީގެ މައިގަނޑު ވިޔަފާރި ދާއިރާތަކުން ކުރިއެރުން ލިބެމުންދާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް މޯބައިލް އަދި ބްރޯޑްބޭންޑް ހިދުމަތްތަކުން ލިބޭ އާމްދަނީގެ މިންވަރު މަތިވަމުންދާކަން ފެންނަން އެބަހުއްޓެވެ. 

މި ހުރިހާ ހަރަދަކާއެކު ޓެކްސްއަށް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 241 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގުން ވިއްކާ ހިއްސާއެއްގެ އަގު 3.17ގައި ހުރިއިރު، މިދިޔަ ކުއާޓަރުގައި އެ އަދަދު ހުރީ 3.16ގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު