ވިޔަފާރި
އަހަރީ ދުވަހާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި
ދިރާގުގެ 36 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އެ އޮފާތައް އިއުލާނުކުރީ މިއަދު އެކުންފުނިން ބޭއްވި ހާއްސަ ނޫސް ކޮންފަރެންސެއްގަ އެވެ.

ދިރާގުން ބުނީ އައިފޯން 16 ލިބޭ ޕްރޮމޯޝަންގައި ގުރުއަތުލާނީ އެކުންފުނިން އިއުލާންކޮށްފައިވާ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުށައަޅާފައިވާ ކަސްޓަމަރުންގެ މެދުގައި ކަމަށެވެ.

ދިރާގުގެ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަނަކީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިޢުލާންކޮށްފައިވާ އެންމެ އަގުބޮޑު އިނާމް ލިބޭ ޕްރޮމޯޝަނެވެ. މި އިނާމް ލިބޭ ކަސްޓަމަރަކު ކަނޑައެޅުމަށް ގުރުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ދިރާގުން ދޭން ނިންމާފައިވާ ލޯންޗް ތަޖުރިބާ ކުރުމުގެ ގޮތުން، އެ މަރުކާގެ އެހެން ލޯންޗެއްގައި ރައްޓެހިންނާ އެކު ދަތުރެއް ހޯދުމުގެ ފުރުސަތު ސޯޝަލް މީޑިއާ ކޮންޓެސްޓެއްގެ ގޮތުގައި ދިރާގު ވަނީ ހުޅުވާލާފަ އެވެ. މިއީ 7 ރައްޓެހިންނާ އެކު ލޯންޗްގައި މަސް ދަތުރެއް ގޮސް، ފިނޮޅެއްގައި ބާބަކިއު ހެދުމަށް ދޭ ފުރުސަތެކެވެ.

މީގެ އިތުރުން ދިރާގުން ވަނީ ގޭމަރުންނަށް ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ލަކީޑްރޯގައި ދިރާގު ގޭމާސް ގިލްޑް ޕްލެޓްފޯމަށް މިމަހު ރަޖިސްޓްރީ ކުރާ ގޭމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ގޭމަރަކަށް ގޭމިންއަށް ހާއްސަ ހައި އެންޑް ޕީސީ ސިސްޓަމެެއް ލިބޭނެ އެވެ.

ދިރާގުން އަހަރީ ދުވަހަށް ތައާރަފް ކޮށްފައިވާ އިތުރު އޮފާތަކުގެ ތެރޭގައި އެޑްއޮން ގަންނަ ޕްރިޕެއިޑް ކަސްޓަމަރުންނަށާއި އެޑްއޮން އާއި ބޫސްޓާސް ގަންނަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. އަދި ދިރާގުގެ ޕޯސްޓްޕެއިޑް 750ރ. އިން މަތީގެ ޕެކޭޖުތަކާއި ބްރޯޑްބޭންޑުގެ 350ރ. އިން ފެށިގެން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނަށް ސޮނީ ލިވްގެ 1 މަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ. އަދި އަހަރީ ދުވަހު ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ދެނީ ކަސްޓަމަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ދިރާގުން ބުނީ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު