ވިޔަފާރި
ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1000 އާއެކު އާ އޮފާތަކެއް
ދިރާގު ޕޯސްޓުޕެއިޑް ބޭނުންކޮށްގެން އެއްވެސް ލިމިޓެއް ނެތި ގުޅައިގެން ވާހަކަ ދެއްކޭނެ ޕްލޭނެއް ދިރާގުން ތައާރަފްކޮށްފި އެވެ.

މި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އެއް އަގެއްގައި އިތުރު ޑޭޓާ އާއި ލިމިޓެޑް ސޯޝަލް މީޑިއާ ޑޭޓާ، ކޯލް އަދި އެސްއެމްއެސްއާއެކު ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ޕެކޭޖުގައި ހިމެނޭ އިނާޔަތްތައް

  • ޕޯސްޓްޕެއިޑް 1000: 60 ޖީބީގެ ކޯ ޑޭޓާ + ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކުގެ އިތުރުން އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅުން
  • ޕޯސްޓްޕެއިޑް 1700: 200 ޖީބީ ގެ ކޯ ޑޭޓާ + ލިމިޓްލެސް ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރުތަކުގެ އިތުރުން އެހެނިހެން ލޯކަލް ނެޓްވޯކަށް ހިލޭ ގުޅުން
ދިރާގުން ބުނި ގޮތުގައި ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމައެކު ޕޯސްޓްޕެއިޑް ޕްލޭންތައް އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި މި ޕްލޭންތަކުގެ މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އަންނަ އޮކްޓޯބަރު 1، ގައި ދިރާގަށް 36 އަހަރު ފުރުމާ ކައިރިކޮށް 1.6 މިލިއަން ރުފިޔާގެ އަގުހުރި "މެޖެލަން 32" ސްޕީޑް ބޯޓެއް ލިބޭ ޕްރޮމޯޝަނެއް ވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ އެ އުފެއްދުން ނަސީބުވެރި ފަރާތަަށް ދިނުމަށް ހަމަޖެހިފައި ވަނީ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެލިއާއިން ފޯރުކޮށްދޭ 175 ހޯސްޕަވާގެ ދެ އިންޖީނާއެކުގަ އެވެ.

އެ ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑްގެ 400ރ. އަށްވުރެ މަތީ ޕެކޭޖް ނަގާ ކަސްޓަމަރުންނާއި، ކޮންމެ މަހަކު 400ރ. އަށްވުރެ މަތިން ހޭދަކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ އިތުރުން ފައިބާ ބްރޯޑްބޭންޑްގެ 30 އެމްއަށް ވުރެ ގިނައިން ނަގާ ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ.

ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާން ޖެހެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު