ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ: ފިނޭންސް މިނިސްޓަރު
މަރިޔަމް އަނާ
01 ނޮވެމްބަރ 2024 - 18:56
0
comments
Tweet
Telegram
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރުގެ ބަޖެޓުން ފާހަގަކޮށްލެވާ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފަށައިގަތުމަށް ރާވާފައިވާކަމަށް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް، ޕީއެސްއައިޕީ އަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފަ އެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމީދު އާއި ހިތަދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެންނެވެ. އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
ބަރަހަނާ މަންޒަރުތައް ދައްކާ ހަފުލާތައް ބޭއްވިގެން ނުވާނެ
1 މަސް ކުރިން
0
ހިތަދޫ ފިހާރައަކަށް ވަދެ ފޭރުނު މީހަކު ހައްޔަރަށް
2 މަސް ކުރިން
0
އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ގާއިމުކުރުމާމެދު މަޝްވަރާކޮށްފި
3 މަސް ކުރިން
0
އައިޔޫއެމުން އައްޑޫގައި ގުރުއާން ކޯސްތަކެއް ފަށަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ސިޔާދަތު ގެއްލޭ ގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު
10 ގަޑިއިރު ކުރިން
0
އިންޑިއާގެ މަހުޖަނަކަށް އެމެރިކާ އިން ދައުވާކޮށްފި
11 ގަޑިއިރު ކުރިން
0
ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
11 ގަޑިއިރު ކުރިން
0
ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
11 ގަޑިއިރު ކުރިން
0