ޚަބަރު
ހިތަދޫ ފިހާރައަކަށް ވަދެ ފޭރުނު މީހަކު ހައްޔަރަށް
އައްޑޫ ހިތަދޫ ފިހާރަކަަށް ވަދެ ވަޅިއަކުން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި ފޭރުމުގެ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" މައްސަލައިގެ ތަފްސީލް ނުދީ ފުލުހުން ބުންޏެވެ. 

މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ހިތަދޫގެ ބައެއް ފިހާރަތަކުން ވައްކަންކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު