ޚަބަރު
ވޯޓަ ބަންކަރިން އަށް ހާއްސަ ބާޖު ބޭނުންކުރަން ފަށައިފި
އުތުރުގައި ބޯޓުތަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ބާޖެއް ބޭނުން ކުރަންވަނީ ފަށާފައި
އިހަވަންދިއްޕޮޅުގައި ދެމުންދާ އޮފް-ޝޯ ބަންކަރިންގައި ބޯޓުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބާޖެއް ބޭނުންކުރަން ފަށައިފި އެވެ.

އެމްޕީއެލްގެ އާ ބާޖު ވަނީ އިއްޔެ އުތުރަށް ދަތުރު ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްޕީއެލް އިން ވަނީ ބޯޓަކަށް ބޭނުންވާ ފެން ފޯރުކޮށްދީފަ އެވެ. އޭރު އެކަން ކުރީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. އެމްޕީއެލް އިން ބުނީ، ފެން އުފުލުމަށް ހާއްސަ ބާޖެއް ހެދީ ތިލަފުށީގައި އޮތް އެ ކުންފުނީގެ ޑޮކްޔާޑުން ކަމަށެވެ.

އެ ބާޖުގައި 200 ޓަނުގެ ފެން ރައްކާ ކުރެވެ އެވެ. އެމްޕީއެލް އިން ބުނީ ދެން "ވޯޓަ ބަންކަރިން" ހިދުމަތް ދިނުމަށް ބޭނުންކުރާނީ އެ ބާޖު ކަމަށެވެ. އެ ބާޖުގެ ހިދުމަތް ފުރިހަމަ ކުރުމަށް ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންކުރާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

ބޯޓުތަކަށް ބޭނުންވާ ފެން އެމްޕީއެލް މީގެ ކުރިން ފޯރުކޮށްދިނީ ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ.

އެމްޕީއެލް އިން ބުނީ ބާޖު ފުރިހަމަކޮށް، ބާޖުގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

ބަންކަރިންގެ ހިދުމަތުގައި ފެން ފޯރުކޮށްދޭން ބާޖެއް ބޭނުންކުރަން ފަށާފައިވާއިރު ބަންކަރިންގެ ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު