ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެމްޕީއެލްއަށް ސައުތު އޭޝިއަން ބިޒްނަސް އެކްސެލަންސްގެ ދެ އެވޯޑެއް
އައިމިނަތު ޝިޔާޒާ
23 ޑިސެމްބަރ 2024 - 14:00
0
comments
Tweet
Telegram
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024 ގެ މުހިންމު ދެ އެވޯޑް ލިބިއްޖެ އެވެ.
މި މަހުގެ 20 ވަނަ ދުވަހު އޮތް އެ އެވޯޑު ހަފްލާގައި ދެކުނު އޭޝިއާގެ ހަތް ގައުމެއްގެ ކުންފުނިތަކާ ވާދަކޮށް، އެމްޕީއެލް އިން ވަނީ "އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވަލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް އެވޯޑު" ހޯދައިފަ އެވެ.
އެ އެވޯޑު ހަފުލާގައި އެމްޕީއެލް އަށް ލިބުނު "އިނޮވޭޓިވް ބިޒްނަސް" އެވޯޑަކީ އެ އެވޯޑު ހަފްލާގެ ހާއްސަ ކެޓަގަރީގައި ހިމެނޭ އެވޯޑެކެވެ. އަދި މިއީ، އެ އެވޯޑު އެ ކުންފުންޏަށް ލިބުނު ފުރަތަމަ ފަހަރެވެ.
މިއީ އެމްޕީއެލްއަށް އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން އެވޯޑް ލިބުނު ފުރަތަމަ ފަހަރެެވެ.
އެމްޕީއެލްއަށް އިނޮވޭޓިވް ލާނިން އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް އެވޯޑް ލިބުނީ މުވައްޒަފުންނަށް ތަމްރީންތައް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށެވެ.
އެމްޕީއެލްއަށް މި ދެ އެވޯޑްވެސް ލިބުނީ ދެކުނު އޭޝިއާގެ ހަތް ގައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންނެވެ.
އެމްޕީއެލް އަކީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ތަނަވަސްކުރަން އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް ގިނަ ކޯސްތަކަކާއި ތަމްރީނުތައް ހިންގާ އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ކުންފުންޏެކެވެ.
އެ ކުންފުނިން މި އަހަރު ކުރީކޮޅު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސެއް ވެސް ވަނީ ބާއްވައިފަ އެވެ. އެ ކޮންފަރެންސަކީ މެރިޓައިމްގެ ދާއިރާއިން ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބައްދަލުވުމެވެ. އަދި އެ ކުންފުނިން ވަނީ މޮޑާން ޕޯޓް މެނޭޖްމަންޓް ކޯހެއް ވެސް މި އަހަރު ފަށައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރު: އެމްޕީއެލް
2 މަސް ކުރިން
0
އެމްޕީއެލް ސީއީއޯއަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ރިޝްވާން
4 މަސް ކުރިން
0
އިހަވަންދޫގައި އެމްޕީއެލްއިން ޑޮކްޔާޑެއް ތަރައްގީކުރަން ސޮއިކޮށްފި
5 މަސް ކުރިން
0
ވޯޓަ ބަންކަރިން އަށް ހާއްސަ ބާޖު ބޭނުންކުރަން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
18 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
18 ގަޑިއިރު ކުރިން
0
ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
21 ގަޑިއިރު ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
21 ގަޑިއިރު ކުރިން
0