ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނޫސްވެރިންގެ ކަންބޮޑުވުންތައް ބަންޑާރަ ނައިބު އަޑުއައްސަވައިފި
އަހުމަދު ނިހާން
17 ނޮވެމްބަރ 2024 - 14:36
0
comments
އެމްއެމްސީއާއި އެމްޖޭއޭއިން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއެކު ބޭއްވި ބައްދަލުވުން -- ފޮޓޯ: އޭޖީ
Tweet
Telegram
މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ދެއްވައިފި އެވެ.
އޭޖި އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވައި، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަ ނައިބު އަރުވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު އެމްޖޭއޭއިން ބުނީ އެ ބިލަށް ސަރުކާރުން ތާއީދު ނުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށާއި އެކަން ރަސްމީކޮށް ސަރުކާރުން އިއުލާން ކުރަންދެން މަޑުކޮށްގެން ތިބި ކަމަށެވެ.
އެމްޖޭއޭއިން ވަނީ ބިލާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތައް ސިޓީއެއް މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރައްވައި، ބައްދަލުވުމަކަށް އެދިފަ އެވެ.
މިހާރު މަޖިލީހުގެ ވެބްސައިޓުގައި
ޝާއިއުކޮށްފައިވާ މި ބިލުގައި
ވާގޮތުން ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފެށުމާ އެކު އެމްއެމްސީ އާއި ބްރޯޑްކޮމްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުނީ އެވެ.
މި ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށް ބިލުގައި ބުނެ އެވެ. އެއީ:
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުން
މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން
މިގޮތަށް އޮތުމުން ސަރުކާރަށް މި ކޮމިޝަންގެ ފުރިހަމަ އަގުލަބިއްޔަތު އޮންނާނެ އެވެ.
އޭގެ އިތުރުން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސް އެ ދެ މަގާމަށް ބޭފުޅުން ހަމަޖައްސަން ޖެހެނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން، މަޖިލީހުގެ ރުހުމާ އެކު އެވެ.
ކޮމިޝަންގެ މެންބަރުންގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ. ވިދިވިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ފަސް އަހަރުގެ ދެ ދައުރަށް ވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ:
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާ އެކު، ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާ އެކު ބޭނުން ކުރާކަން ކަށަވަރުކުރުމަށް
އެކަން ކަށަވަރުކުރުމަށްޓަކައި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިން އަމަލު ކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަށް އަދި އެކަން ކުރުމަށް ވަކި މުއައްސަސާއެއް އުފެއްދުމަށް
އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް، މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފް ކުރުމަށް
ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ލައިސެންސް ބާތިލުކުރުމަށް ކޯޓަށް
ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކާއި ނޫސްތަކުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަކާ ހިލާފުވެއްޖެ ނަމަ އެޅޭނެ ފިޔަވަޅުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެއީ:
ރަނގަޅު ކުރުމަށް އެންގުން އަދި ދޭ އިންޒާރު އާންމުކޮށް ޝާއިއު ކުރުން
ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމު ކުުރުމަށް އެނގުން
ކުށް އިސްލާހުކޮށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލަން ޖެހޭ ކަމެއް ކުރުމަށް އެންގުން
އިސްލާމްދީނާއި ގައުމުގެ ސަލާމަތާއި އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން ހުއްޓުވުން ނުވަތަ އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުވުމަކަށް ގެނައުން
ތަކުރާރުކޮށް ގާނޫނާއި ގަވައިދާ ހިލާފުވަމުންދާ ނަމަ، ދޫކޮށްފައިވާ ބްރޯޑްކާސްޓިން ލައިސެންސް ނުވަތަ ނޫސް މަޖައްލާއެއް ނަމަ ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ލައިސެންސް/ރަޖިސްޓްރީ ބާތިލުކުރުން
ގާނޫނާއި ގަވައިދު އަދި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ބްރޯޑްކާސްޓަރުން ވޭތުވެދިޔަ އަހަރު އެ ފަރާތަކަށް ލިބުނު އާމްދަނީގެ %10 އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
ގާނޫނާއި ގަވައިދު އަދި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެގެން ނޫސްތައް ޖޫރިމަނާ ކުރަނީ 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން
މީގެ އިތުރުން ނޫސްވެރިން ވެސް ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅު ކުރަން އެނގުން
ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތު ތެރޭގައި އިސްލާހުނުކޮށްފި ނަމަ، 5،000ރ. އާއި 10،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
އެމްޖޭ އާއި އެމްއެމްސީން ވަނީ މި ބިލް އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައިފި
5 ދުވަސް ކުރިން
0
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް
5 ދުވަސް ކުރިން
0
މީޑިއާ ކޮމިޝަން ބިލު ހުށަހެޅީ ނޫސްވެރިކަން ކަފުން ކުރަން: އެމްޑީޕީ
5 ދުވަސް ކުރިން
0
މީޑިއާ ކޮމިޝަންގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް އޮތް ނުރައްކަލެއް: އެމްޖޭއޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރަން ހަވާލުކޮށްފި
3 ގަޑިއިރު ކުރިން
0
މުލިޔާގެ ގަރާޖު ހިންގާ ތަނުގައި ޒުވާނުންގެ މަރުކަޒެއް ހަދަނީ
3 ގަޑިއިރު ކުރިން
0
ވޭޕުން ލިބޭ ގެއްލުންތައް ކިޔައިދޭން އެދިވަޑައިގެންފި
4 ގަޑިއިރު ކުރިން
0
ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭ ގާނޫނުގެ މާއްދާތަކެއް ބާތިލްކުރަން ހައި ކޯޓަށް
4 ގަޑިއިރު ކުރިން
0