ޚަބަރު
މީޑިއާ ބިލު، މަޖިލީހުން ބޭރު ކުރާނެ: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ މީޑިއާ ބިލަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް
ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އަމިއްލަ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާއަށް ފަހު ރައީސް ވަޑައިގެން މަގުމަތީ ނޫސްވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރަކު ވަނީ، މި ބިލު މަޖިލީހުން ބޭރު ކުރާނެތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ބިލު މަޖިލީހުން ބޭރު ކުރާނެ ކަަމަށެވެ.

ރައީސްގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލު ކުރަން، މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ ބިލެއް ހުށަހަޅާފައެވެ.

މިރޭގެ ރަސްމިއްުޔާތަށް ފަހު، ރައީސް ސަޕޯޓަރުންނާ ސަލާން ކުރައްވަނިކޮށް އެ ސަރަހައްދަށް ދިޔަ ބައެއް ނޫސްވެރިން ވަނީ މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ބޭރުކުރާނެ ކަމަށެވެ.

"އޭތި ބޭރުކުރާނެ،" ރައީސް ވިދާޅުވި އެވެ.

އެ ބިލް ބަލައި ނުގަންނާނެތޯ ނޫސްވެރިޔާ ސުވާލުކުރުމުން ރައީސް ވިދާޅުވީ "ޔޭސް، އޮފްކޯޒް" އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު