ޚަބަރު
ހުޅުމާލެ އާއި ވިލިމާލޭގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހުޅުމާލެއާއި ވިލިމާލޭގައި ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ވިލިމާލޭގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ދެނީ ވިލިމާލެ އީ-ބްލޮކް ގަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އުމަރު ޒާހިރު ބިލްޑިންގް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ޓަވަރު ދެއެއްގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ ކަމަށް ޑީއެންއާރް އިން ވަނީ ބުނެފަ އެވެ.

އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވީ މިމަހުގެ 16ވަނަ ދުވަހު އެވެ. 

އައިޑީ ކާޑު، ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު އަންނަނީ ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގައި ވެސް ދެމުންނެވެ. އަދި މި ހިދުމަތް އަންނަ އަހަރު މުޅި ރާއްޖެ އަށް ފުޅާކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު