ވިޔަފާރި
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުން ހުއްޓާލައިފި
އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމަވައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މި އެންގުމާއެކު އެ ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިއަށް ގެންގޮސްފައިވާ މިންވަރަށް ބަލާ، އެސްޓީއޯ އިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮގަސްޓު މަހު އެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިގޮތަށް ރައީސް ނިންމެވިއިރު، ރައީސް އޮފީހުން އެއިރު ވިދާޅުވި ގޮތުގައި ރައީސް މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު