ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ މައްސަލަ މަޖިލީހަށް ވައްދައިފި
މަރިޔަމް އަނާ
01 ޑިސެމްބަރ 2024 - 15:48
0
comments
ތިނަދޫ ދާއިރާގެ މަޖިލީސް މެންބަރު ސައުދުﷲ ހިލްމީ، ރައީސް މުއިއްޒުއާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް
Tweet
Telegram
ގދ. ތިނަދޫގައި 10،000 މީހުންގެ އާބާދީ ހަމަނުވަނިސް "ސިޓީ" އެއްގެ ދަރަޖަ ދީފައިވާތީ، ހައިކޯޓަށް ދުއްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށައަޅައިފި އެވެ.
އެ މައްސަލަ ބަލައިދޭން ހުށަހެޅީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ސިޓީގައި އެދިފައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާއި އިދާރާތައް މަޖިލީހަށް ހާޒިރުކޮށްދީގެން އެ މައްސަލަ ބަލައިދިނުމަށެވެ.
މެންބަރު ސައުދުﷲ މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައިވަނީ ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެކަން އެގޮތަށް ކުރީ، ތިނަދުއަށް އިންތިޚާބުވި ކައުންސިލަރުން މޭޔަރުންނަށްވުމުގެ ބޭނުމުގައާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް، ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުންނެވެ.
މިއީ އޭރު ރަށު ކައުންސިލްގައި ތިބި ކައުންސިލަރުން، ބޮޑު މުސާރަ އާއި ބަޖެޓު ހޯދުމަށް ކުރި މަސައްކަތެއް ކަމަށާއި ތިނަދޫގެ އަސްލު އާބާދީ 8،000 އަށް ވެސް ނާރާކަން އެލްޖީއޭ އަދި ޑީއެންއާރު އަށް އެނގިފައިވާ ކަމަށް ވެސް އޭނާގެ ސިޓީގައިވެ އެވެ.
މީގެ އިތުރުން، ސިޓީގެ ދަރަޖަ ދިނުމާއެކު އޭރު އޮތް ރަށު ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުކޮށް ކައުންސިލްގެ ރައީސަށް މޭޔަރުގެ މަގާމު ދިނުމާއި އަލަށް ލިބުނު ބޮޑު ބަޖެޓުގައި ބޭކާރު އެތައް ހަރަދެއްކޮށް، ކައުންސިލްގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވަޒީފާތަކެއް ދިން ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީން މި މައްސަލަ ބަލައި، ކަމާ ގުޅުންހުރި އިދާރާތައް މަޖިލީހަށް ހާޒިރުކުރަން އެދި ސައުދުﷲ ވަނީ ހުށަހަޅުއްވައިފައެވެ.
ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހުށަހަޅާފައިވަނީ ވެސް މިހާރު ތިނަދޫގެ އަބާދީގައި ތިބީ 7,924 މީހުން ކަމަށް ބުނެފައެވެ. ހައިކޯޓު ރިސެސްގައި އޮތުމުގެ ސަބަބުން އެ މައްސަލަ މިހާތަނަށް ބަލަން ފަށާފައެއް ނުވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ބިލު ކުރާ ހިސާބުން ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބަލައިނުގަތް
2 ދުވަސް ކުރިން
0
ކައުންސިލްތައް ކުޑަކުރުމަށް ޕީއެންސީން މަޖިލީހަށް ގަރާރެއް
3 ދުވަސް ކުރިން
0
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
1 މަސް ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
9 މިނެޓް ކުރިން
0
ނަޝީދު އެނބުރި ވަޑައިގަންނަވާތީ އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވަނީ
27 މިނެޓް ކުރިން
0
ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ
2 މިނެޓް ކުރިން
0
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
23 ގަޑިއިރު ކުރިން
0