ވިޔަފާރި
މާލީ ހައްލުތައް ފޯރުކޮށްދިނުމަށް އެމެކްސްއާއެކު މަސައްކަތްކުރާނަން: ޝަރީފް
ބޭންކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެމެރިކަން އެކްސްޕްރެސް (އެމެކްސް)އާއެކު ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އާއި އެޖު އެމެރިން އެކްސްޕްރެސްގެ އެކްސްކުލޫސިވް ޕާޓްނާޝިޕަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޝަރީފު ވިދާޅުވީ އެ ބޭންކާއި އެމެކްސްއާ ދެމެދު އޮންނަ ގުޅުމަކީ ކާޑު ޕާޓްނަރަކާ އެކު އޮންނަ ގުޅުމަކަށް ވުރެ ބަދަހި ގުޅުމެއް ކަމަށެވެ.

"އެ ގުޅުމަކީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ގުޅުމެއް. އެމެކްސް އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތް ކުރަމުންދާ އެތައް ބައެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް،" މީގެ 20 އަހަރު ކުރިން ބީއެމްއެލް މެދުވެރިވެގެން ރާއްޖެ އަށް ތައާރަފުކުރި އެމެކްސް ކާޑުގެ ހިދުމަތަށް އިޝާރާތް ކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވަނީ ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމުގެ ބިންގަލަކީ ވެސް އެމެކްސްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އެމެރިކަން އެކްސްޕްރެސްއާއެކު، ބީއެމްއެލްއަށް ހާސިލްވި ލަނޑުދަތިތައް:

  • ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދިނުން.
  • ބީއެމްއެލް އިން އެމެކްސްގެ ހިދުމަތް ބަލައިގަތުން ރާއްޖެއަށް ތަޢާރަފުކޮށް އަވަސް ސްޕީޑެއްގައި ފުޅާކުރުން.
  • ބީއެމްއެލް އިން އެމްކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފެށުން.
  • މިއަހަރު ކުރީ ކޮޅު ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސްއާއެކު ތައާރަފުކުރުން.
ޝަރީފް ވިދާޅުވީ ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުންދާއިރު އެމެކްސްއާއެކު، ބޭންކުން ވަނީ އައު އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމްކަނޑައަޅާފައި ކަމަށެވެ.

ތިން ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ޚިދުމަތް ދިނުމާއި ޚިދުމަތް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

ބީއެމްއެލްއިން ބުނިގޮތުގައި، އެ ބޭންކުން އެންމެ ފަހުރުވެރިވާ އެއް ކަމަކީ މި އަހަރުގެ ކުރީ ކޮޅު ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަ ކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސްއާ އެކު ތައާރަފުކުރުމެވެ.

ތިން ލައްކައަށް ވުރެ ގިނަ ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަމާޗެންޓުންނާ އެކު، ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ހިދުމަތް ދިނުމާއި ހިދުމަތް ބަލައިގަންނަ ހަމައެކަނި ބޭންކު ވެސް މެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު