ޚަބަރު
ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުވައި ހިދުމަތް ދޭން ފަށައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް މަރަދޫގައި ހުޅުވައިފި އެވެ.

އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި ހުޅުވާފައިވާ ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުއްވައި ދެއްވުމުގައި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވާ އެތަނުގެ ދިދަ ހޯމް މިނިސްޓަަރު އިހުސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ނަންގަވައިދެއްވާފަ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މި އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށް ކަމަށެވެ. އަދި މުޅި ރާއްޖޭގައި ވެސް ކަސްޓަމްސް ބައެއް ހިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މި އޮފީސް ހެދުމަކީ އަމާޒެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ މި އޮފީހާއެކު މި ސަރަހައްދުގައި ބަނދަރުތަކުން ދޭ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ފުޅާވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތަމްރީނުތައް ދިނުމަށް ކްލާސްރޫމްތަކެއްވެސް އޮފީހުގައި ޤާއިމްކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ކަސްޓްމްސްގެ ދެކުނުގެ ސަރަހައްދީ އޮފީސް މަރަދޫގައި ހުޅުވިއިރު، އެތަނުގެ އޮފީސްތަކެއް ގަމާއި ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިމާރާތުގައި ވެސް ހިންގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު