ރާއްޖެ އެތެރެކުރި އަށް ލައްކަ ރުފިޔާގެ ޑްރަގު އަތުލައިގެންފި
އަލީ ރާޒީ
16 މާޗް 2025 - 15:25
0 comments
ފުލުހުންގެ ބެލުމުގެ ދަށުގައި މަސްތުވާ ތަކެތި - ފައިލް ފޮޓޯ: ޕޮލިސް
ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ، ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި އާންމު މުދާތަކެއް ހުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ ގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައި ހުރިއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރިއިރު، މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00ރ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ބުންޏެވެ.ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު