ޚަބަރު
ކުޑަކުއްޖާ އަށް އަނިޔާކުރި ތެރަޕިސްޓުން ހައްޔަރުކޮށްފި
ހުޅުމާލޭގައި ހުންނަ ޕިޒިއޯ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ ފަސްވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަލަށް ތެރެޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުންނެވެ. އެއީ އުމުރުން 24 އަހަރުގެ ރާޖޭޝްވަރީ ސިވާ ކުމާރް އަދި އުމުރުން 24 އަހަރުގެ އެންޓޮނެޓް އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކްލިނިކްގައި ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، ކްލިނިކް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު