އައްޑޫ ކަރަންޓު މައްސަލާގައި އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: މޭޔަރު ނިޒާރު
އަހުމަދު ނިހާން
05 މާޗް 2025 - 23:54
0 comments
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އިހުތިޖާޖު ކުރުން ކަމަށް އެ ސިޓީގެ މޭޔަރުު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ފެނަކަ އިން މީގެކުރިން ބުނި ނަމަވެސް، ރޯދަ މަސް ފެށުނު ފަހުން ވެސް އައްޑޫގެ އެކި އަވަށްތަކުން އަންނަނީ އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެވޭ އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ލިބިދެވޭ ހަޅުތާލު ކުރުމުގެ މިނިވަން ކަމާއި އެކު އައްޑޫގެ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމުކޮށް އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައިވާ ކަމަށެވެ.އަދި އެ މައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބިގަތުމަށް އިހުތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މީގެކުރިން ވަނީ، ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން އެދިވަޑައިގެންފައެވެ.މަޖިލީހުގެ ރައީސަށް އަޒާން ފޮނުވި ސިޓީގައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އައްޑޫ ސިޓީގެ އާބާދީ 25,062އަށް އަރައެވެ. އެ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.
ކިޔުންތެރިންގެ ޝުއޫރު