ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސޯލިހާއި ފައްޔާޒަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދެނީ
ހަސަން ހަލީމް
11 ޑިސެމްބަރ 2024 - 15:42
0
comments
Tweet
Telegram
ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމެޓީން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލް ހޯދަން މާލިއްޔަތު ކޮމިޓީން ވަނީ އެދިފަ އެވެ.
މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ޖަލްސާއެއްގައި އެ މައްސަލާގައި ސޯލިހު ހިމެނޭ ގޮތަށް ތިން ބޭފުޅެއްގެ މައްޗަށް ތަހުގީގް ހިންގަން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ތިން ބޭފުޅުންނަކީ:
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމް
މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެ ކޮމެޓީ އުވާލައްވައިފަ އެވެ.
ސެޓްލްމަންޓް ކޮމެޓީ އުވާލިއިރު އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމިޓީން ފާސްކުރީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންނާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފެންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާ އެރުވުމަށާއި، އެ ތަހުގީގުން ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެކި ހޯދިއްޖެނަމަ ދައުވާކުރަން ދެންނެވުމަށެވެ.
ކޮމިޓީން އިތުރަށް ބުނެފައިވަނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގައި ކުރީ ސަރުކާރުން ގާއިމުކޮށްފައިވާ ބަދަލުދިނުމުގެ އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ބާތިލު އެއްބަސްވުންތަކެއްކަމަށް ގަބޫލުރާ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލުކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކޮމިޓީން ނިންމާފައިވަނީ އެއިރު ހަދާފައިވާ ބަދަލު ދިނުމުގެ އެއްބަސްވުންތައް ބާތިލުކުރަން ފުރިހަމަކުރަންޖެހޭ ގާނޫނީ ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކޮށް އެ އެއްބަސްވުންތަކުން ދީފައި ހުރި ހުރިހާ މުދަލެއް އަނބުރާ ދައުލަތަށް ހޯދަން ކުރަންޖެހޭ އެންމެހައި ކަންކަމެއް އެކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރެއްވުމަށް ބަންޑާރަނައިބަށް ލަފާ ދިނުމަށެވެ.
ބަންޑާރަނައިބަށް ކޮމިޓީން އަންގާފައިވަނީ ގާނޫނާ ހިލާފަށް ބަދަލުގެ ގޮތުގައި އެއްވެސް ފަރާތަކަށް މުދަލެއް ނުވަތަ ފައިސާއެއް ދީފައި އޮތްކަމަށް ފެނިއްޖެނަމަ އެ މުދަލެއް ނުވަތަ ފައިސާއެއް އަނބުރާ ދައުލަތަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
2 ދުވަސް ކުރިން
0
މަންދީއާއި ފައްޔާޒަށް ދައުވާ ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި
3 ދުވަސް ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
3 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
18 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
18 ގަޑިއިރު ކުރިން
0
ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
21 ގަޑިއިރު ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
21 ގަޑިއިރު ކުރިން
0