ޚަބަރު
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ޑިފެންސް މިނިސްޓްރީ 241 ކޮމިޓީއަށް ހާޒިރުކުރަނީ
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގާއި އެންވަޔަރުމަންޓް މިނިސްޓްރީ ހިންގި ގްރީން ބިލްޑިންގްގައި މިދިޔަ ބުރާސްފަތި ދުވަހު ރޯވި އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތުތައް ސާފުކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައި، އެކަން އެ ކޮމިޓީގެ މެމްބަރުންނަށް މިއަދު އަންގައިފި އެވެ. އެ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގަ އެވެ. 

އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގަމުން ދިޔައީ ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަަށެވެ. މި ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އޮފީހަށް ވެސް ގެއްލުންތަކެއްވިއެވެ.

ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް އިއްޔެ ވަނީ ދަރުބާރުގޭގައި ފަށައިފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ. އަދި އެ ހާދިސާއާ ގުޅިގެން އިތުރަށް ތަހުގީގުކުރުމަށް 241 ކޮމިޓީގައި ވެސް އެ ޕާޓީގެ ޕީޖީ ގްރޫޕުން އެދޭނެ ކަމަށް ބުންޏެވެ. 

އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތް ވަނީ އެއްކޮށް އަނދައިގެން ގޮސްފަ އެވެ. އަދި، އެ އިމާރާތާ އިންވެގެން ހުރި އެންވަޔަރަމެންޓް މިނިސްޓްރީގެ ވެސް ބޮޑުބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ.

ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް އިއްޔެ ވަނީ ދަރުބާރުގޭގައި ފަށައިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޮތް މިހާތަނަށް އެނގިފައި ނުވާއިރު، އެކަމުގެ ތަހުގީގަށް ބޭރުގެ އެހީ ހޯދުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު