
ކްރިމިނަލް ކޯޓުން ދައުވާ ބޭރުކުރުމުން ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ކުރިއަށް ނުދިޔައީ، މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވިގެންނެވެ. އެޑްރެސް ސާފުކޮށް އަލުން މައްސްލަ ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލި އެވެ.އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅީ، މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ޖިހާދު އަލުން އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުންނެވެ. އެކަމަކު ހައިކޯޓުން ވަނީ ދެވަނަ ފަހަރަށްވެސް އެ މައްސަލަ ބޭރުކޮށްލާފަ އެވެ.ޖިހާދުގެ މައްސަލަ ހުށަހެޅުމަށް ހައި ކޯޓުން އެންމެ ފަހުން ހުއްދަ ދީފައި މި ވަނީ، ކުރީގެ ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައި ވަނިކޮށެވެ.ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ 18، 2013 ގައެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައިވެ އެވެ. ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.