ޚަބަރު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި އަދާކުރެއްވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއި، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ ޒިންމާ މިވަގުތު އުފުއްލަވަމުން ގެންދަވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް އެވެ. 

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއިރު، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ވެސް ޖޭއެސްސީން ކުރިމަތިލާން ހުޅުވާލި އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ އަދަދެއްގެ ސާފެއް ނުވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު