ޚަބަރު
އާ އަހަރުގެ ފުރަތަމަ ފަތުރުވެރި އަކީ ސްޕެއިންގެ ރައްޔިތެއް
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ކިޔައިފި އެވެ. 

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ މީގެކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ މީހެކެވެ. މި ޓޫރިސްޓު ރާއްޖެ އަށް އައި މިއީ 11 ވަނަ ފަހަރެވެ.  

ރާއްޖެއަށް މިދިޔަ އަހަރު ނިމުނުއިރު ދެ މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ޓޫރިސްޓް ނަމްބަރު އިތުރުވުމުގެ އިތުރުން ޓޫރިޒަމް އޮކިއުޕެންސީ އާއި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވެސް މިދިޔަ މަހުގެ ނިޔަލަށް އިތުރުވި އެވެ. 

ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. 

ރާއްޖެއަކީ އަބަދުވެސް "ރިޕީޑެޓް" ފަތުރުވެރިން ނުވަތަ އެއްފަހަރަށްވުރެ ގިނަ ފަހަރު ޒިޔާރަތްކުރާ ފަތުރުވެރިން ގިނަ ޤައުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދިވެހިންގެ ފަރާތުން އެ ލިބޭ މެހެމާންދާރީއާ ބަހައްޓާ ގާތްކަމެވެ.



 




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު