ޚަބަރު
ފަތުރުވެރިންނަށް ރާއްޖެއަކީ ރައްކާތެރި ތަނެއް: ޕީއެންސީ
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީ އިން ބުނެފި އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީއިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ މަގާމުން ސަސްޕެންޑޮކޮށްފަ އެވެ.

މިކަމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ އިމުން ބޭރުވާ ހާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަމާމެދު ޝައްކުނުކުރާ ކަމަށެވެ.

"މި ޕާޓީން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިގުތިސޯދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމެންޓުތައް ރައްކާތެރިކޮށްދިނުމުގައި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށްވެސް ޕީއެންސީން ބުނެ އެވެ.

މީގެއިތުރުން ޕީއެންސީން ވަނީ ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުން ވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ނިހާދު ދެއްކެވިި ވާހަކަތަކާއި ގުޅިގެން އޭނާ ވަނީ މަޤާމުން ސަސްޕެންޑުކޮށްފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު