ޚަބަރު
ރާއްޖޭގެ ޒަކާތު ހައުސްގެ އެހީގައި ފަލަސްތީނަށް ފެން ފޯރުކޮށްދީފި
ރާއްޖޭގެ ޒަކާތު ފަންޑުން ދިން އެހީގައި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ފަށައިފި އެވެ.

މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤަތަރު ރެޑް ކްރެސެންޓުން ދަނީ ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަލަސްޠީންގެ މުސްލިމުންނަށް ފެން ކޭސް ފޯރުކޮށްދެމުން ކަމަށެވެ.

ޤަތަރު ރެޑް ކްރެސެންޓުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްޠީންގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ. މި ތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށެވެ. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ 100،000 ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށެވެެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު