ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލީސް ޗުއްޓީއަށް ދާނީ އިސްރާއީލު ޕާސްޕޯޓު ބިލާމެދު ގޮތެއް ނިންމާފަ: މުހައްމަދު
ހަސަން ހަލީމް
25 ނޮވެމްބަރ 2024 - 19:13
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލިސް މި ދައުރު ޗުއްޓީއަށް ދިއުމުގެ ކުރިން މިހާރު މަޖިލީހުގައި އޮތް އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލާމެދު ގޮތެއް ނިންމާނެ ކަމުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. އޭނާ އެ އިސްލާހު ހުށަހަޅުއްވާފައިވަނިކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށްފަހު އިސްރާއީލު ޕާސްޕޯޓު މަނާކުރަން ނިިންމެވީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
މީކާއީލު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވާފައިވަނިކޮށް ބަންޑާރަ ނައިބު އަހްމަދު އުޝާމުވަނީ އެއިރު ބިލު އޮތްގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެއަށް ބައެއް އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
ބިލު ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށްފަހު ކޮމިޓީގައި ބިލުގެ މަސައްކަތެއް ނުހިނގައި ހަތަރު މަހެއްހައި ދުވަސްވުމަށްފަހު އެ ކޮމިޓީންވަނީ އަންނަ ފެބްރުއަރީ މަހުގައި ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި ޑރ. ޝަޒްރާ އިބްރާހިމްގެ ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުން މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މަޖިލިސް ބަންދު ދުވަހުގައިވެސް އިސްރާއީލުގެ ޕާސްޕޯޓްގެ މައްސަލަ އަވަސް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އެ ކޮމެޓީ ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
"މާތްﷲ އިރާދަކުރެއްވިއްޔާ މި މަސް ނިމުމުގެ ކުރިން، މަޖިލީސް ރިސެސްއަށް ދިއުމުގެ ކުރިން، ތިއީ ވަރަށް ބޮޑު ކަމެއް އެނގޭތޯ، ތިއީ ކުޑަ ކަމެއް ނޫން، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް ތިވަރުގެ ބޮޑު ޑިޒިޝަނެއް ނަގާއިރު، ވަރަށް ގިނަ ފަރާތްތަކާއި ޑިސްކަން ކުރަން އެބަ ޖެހޭ،". ޝަޒްރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ބޭބޭފުޅުންނާއި މަޝްވަރާ ކުުރުމަށް ފަހު ގައުމަށް އެންމެ ލޮޅުން ކުޑަ، އެންމެ އިގްތިސޯދީ ގޮތަށް އެންމެ އަސަރު ކުޑަވާނެ ގޮތަކަށް ކޮމެޓީން މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ގަޑިއިރު ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
1 ދުވަސް ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
22 ދުވަސް ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
24 ދުވަސް ކުރިން
0
އިސްރާޢީލުގެ ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: ސަރުކާރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
3 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
3 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
3 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
4 ގަޑިއިރު ކުރިން
0